ޚަބަރު

އެލް މޮބައިލްއިން "ގްލޯ ބައި އެލް"ގެ ނަމުގައި ފިހާރައެއް ހުޅުވައިފި


  • އެ ފިހާރައިން 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފަ

  • އެ ފިހާރައިން އެންމެ ފަހުގެ ޓެކްނޮލޮޖީ ލައިޓްސްތައް ވެސް ލިބެން ހުރޭ

އެލް މޮބައިލްއިން "ގްލޯ ބައި އެލް"ގެ ނަމުގައި ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވައި ދެއްވައިފާވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމެވެ.

އެލް މޮބައިލްއިން "ގްލޯ ބައި އެލް"ގެ ނަމުގައި ހުޅުމާލޭގައި ހުޅުވި ފިހާރައިން އެންމެ ފަހުގެ ޓެކްނޮލޮޖީ، ލައިޓްތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ދޮރާއި ދޮރުފަތުގަ ހަރުކުރާ ތަޅާއި، ވޯޓާ ހީޓަރާއި، އެކި ޑިޒައިންތަކާއި ކުލަތަކުގެ ކޮލެޓީ ބެޑްޝީޓް ސެޓުތައް ވެސް އެ ފިހާރާއިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އެކި ޑިޒައިންތަކުގެ ރީތި ވާސްތަކާއި، ފަންކާއާއި، ގޭގެ ވަސްމީރުކޮށްލުމަށް ބޭނުން ކުރާނެ ޑިފިއުޒަރާއި، މިނީ ލޮކަރުގެ، އިތުރުން އެކި ޑިޒައިންތަކަށް ފަރުމާ ކޮށްފައި ހުރި އެކި ކުލަކުލައިން ދިއްލޭ ލައިޓްސް ތައްވެސް އެ ފިހާރާއިން ލިބެން ހުންނާނެއެވެ.

އެލް މޯބައިލްގެ މާކެޓިންގ އެގްޒެކެޓިވް އަލީ އައިހަމް ބުނީ "ގްލޯ ބައި އެލް" ހުޅުވުމާއި ގުޅިގެން އެ ފިހާރައިން 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފާވާ ކަމަށެވެ. އަދި އިމާރާތުގެ ލައިޓިން ހަދަން ބޭނުންވާ ފަރާތްތަކަށް ކަމުގެ ތަޖުރިބާ ކާރުންގެ އެހީ ލިބިގެން ދާނެ ކަމަށް ވެސް ބުނިއެވެ.

އެލް މޮބައިލްއިން މީގެ ކުރިން ހުޅުވައިފާވަނީ އިލެކްޓްރޯނިކް ސާމާނުތައް ވިއްކާ ފިހާރަތަކެވެ. އަދި "ގްލޯ ބައި އެލް" ވެގެންދާނީ އިލެކްޓްރޯނިކް ސާމާނަށް ފަހު ތަފާތު ތަކެތި ވިއްކުމައް ހުޅުވި ފުރަތަމަ ފިހާރައަށެވެ.