ޚަބަރު

އެސްޓީއޯ "މެގަ ސޭލްސް" ޕްރޮމޯޝަން ފަށައިފި


  • 500 ރުފިޔާ އަށްވުރެ މަތިން ވިޔަފާރިކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނެ

  • ޕްރޮމޯޝަންގައި ގިނަ އިނާމްތަކެއް ލިބިގެންދާނެ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން "މެގަ ސޭލް ޕްރޮމޯޝަން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯގެ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. ލަކީ ޑްރޯގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމުތަކެއް ލިބިގެންދާނެއެވެ. އިނާމުތަކުގެ ތެރޭގައި:

1 ވަނަ: ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރިއެއް
2 ވަނަ: ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެޝިން އަދި ހިޓާޗީގެ ފަންކާއެއް
3 ވަނަ: ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް

މީގެއިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްގެން ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސްއިން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 އިން ފެށިގެން 20 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.