ޚަބަރު

ޖަޕާނުގައި ތައުލީމީ ހާސިލުކުރަމުންދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ނިޔާވެއްޖެ


  • އޭނާ ކިޔަވަމުންދިޔައީ މާސްޓަރސް އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް

  • ލުޖައިނާއަކީ ބ.ތުޅާދޫއަށް ނިސްބަތްވާ ޒުވާނެއް

މަތީ ތަޢުލީމު ޙާސިލުކުރުމަށް ޖަޕާނުގައި ދިރިއުޅެމުންދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.

ޖަޕާނުގައި ނިޔާވެފައިވަނީ ބ.ތުޅާދޫއަށް އުފަން ލުޖައިނާ ތަސްނީމާއެވެ. އޭނާ ނިޔާވުމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ޖަޕާނުގައި ކިޔަވަމުންދިޔައީ މާސްޓަރސް އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސްކަމަށެވެ.

ސްކޯލަރޝިޕެއްގެ ދަށުން ކިޔަވަމުންދިޔަ ލުޖައިނާއަކީ މަސައްކަތަށް ފަރުވާތެރި އޯގާވެރި، އަދި ހިތްހެޔޮ މުވައްޒަފެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ލުޖައިނާ އެވުޒާރާއާއި ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ޢާއިލާއިން ދަނީ ކުރަމުންނެވެ.