ޚަބަރު

ގިނަ އަދަދެއްގެ ބަައިވެރިންނާއެކު ގައުމީ ޓީޓީ މުބާރާތް ކުރިޔަށްދަނީ


63 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުޅުން މާލޭ ޓީޓީ ހޯލުގައި ކުރިޔަށް އެބަދެއެވެ.

89 ބައިވެރިންނާއި އެކު ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 371 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް،17 އަހަރުން ދަށް، 19 އަހަރުން ދަށުގެ އުމުރު ފުރާގެ އޯޕަން އަދި ޑަބަލްސް ކެޓަގަރީގެ މެޗުތައް ކުޅޭނެއެވެ.

މީގެ އިތުރުން މި މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ވެޓެރެންސް ކެޓެގަރީގެ ކުޅުންވެސް ކުރިޔަށްދާނެއެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި މާލެ ސިޓީގެ އިތުރުން ރަށްރަށުން ބައިވެރިވާ ކުޅުންތެރިންވެސް ވާދަކުރެއެވެ.

މިއަހަރުގެ ގައުމީ މުބާރާތަށް ބޮޑުތަރުހީބެއް ލިބިފައިވާއިރު މިއީ މިއަހަރު ކުރިޔަށްދާ އެންމެ ފޯރި ގަދަ އެއް މުބާރާތެވެ.