ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވުން


އައްޑޫ ލިންކް ރޯޑުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ، އުމުރުން 15 އަހަރުގެ ކުއްޖަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ އެ ކުއްޖާ ދުއްވި ސައިކަލް ކޮންޓްރޯލް ނުކުރެވިގެންގޮސް ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ. އެކުއްޖާއަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެ ކުއްޖާގެ ފައި ބިންދައިގެންގޮސް އަދިވެސް އިތުރު އަނިޔާތައް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.