ޚަބަރު

ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް


  • ފުލުހުންގެ އޮޕަރޭޝަންގައި މުޅި ސެންޓަރ ބަލާ ފާސްކުރާނެ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ. މިއޮޕަރޭޝަނަކީ އެތަނުގައި ފޯނު ގެންގުޅޭކަަމަށް ޝައްކުކުރެވިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވަނީ ސެންޓަރަށް ފޯނު ވައްދައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

އެގޮތުން ފުލުހުންގެ އޮޕަރޭޝަންގައި މުޅި ސެންޓަރު ބަލައި ފާސްކުރާނެކަމަށް ލުބުނާ ވިދާޅުވިއެވެ. އަދި އިތުރު ތަކެތި ހުރިތޯވެސް ބަލާނެކަމަށް ވިދާޅުވިއެވެ.

ހިންމަފުށީގައި ހުންނަ އެ ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރެކެވެ.