ޚަބަރު

ތިލަފުށީގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް


  • މި ޙާދިސާގައި އަނިޔާވެފައިވަނީ ލަންކާއަށް ނިސްބަތްވާ ފިރިހެނެއް

  • އޭނާގެ ގައިމަތިން ލޮރީ ދިއުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ

  • ލޮރީ ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށް، ލޮރީ ވަނީ ޓޯކޮށްފައި

ތިލަފުށީގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތްކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެމީހާގެ ގައިމަތިން ލޮރީގޮސްފައިވާ މައްސަލައެއް މިއަދު މެންދުރު 14:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި ޙާދިސާގައި އަނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އާނަންދުރައީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ލޮރީވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.