ޚަބަރު

18/30 ކްލެސިކް: ޕްރިޒަން އާއި އެމްއޭސީއެލް ފައިނަލަށް


ކުލަބު މޯލްޑިވްސް 2025 ގެ އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލުން ޓީމު އެމްއޭސީއެލް އާއި ޕްރިޒަން ކުލަބު ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ހެލްތު ރެކްރިއޭޝަން ކުލަބު އަތުން ޕްރިޒަން މޮޅުވީ ތަފާތު ބޮޑުކޮށް 8-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕްރިޒަންގެ ލަނޑުތައް ޖެހީ ދެ ލަނޑު ޖެހި ހާޖަރާ އަޙްމަދާއި، އައިޝަތު ހާޝިމާ އާއި، އައިމިނަތު ފަޒްލާ އާއި، އައިޝަތު ޝަރުމާ އާއި، އިނާން އަޙްމަދާއި، އައިޝަތު ލަމްސް އަދި އައިޝަތު ވިޝާމާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޕްރިޒަންގެ ޝަރުމާ އަށެވެ.

މީގެ އިތުރުން ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު އަތުން އެމްއޭސީއެލް ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ސްޓެލްކޯ ކޮޅަށް އެމްއޭސީއެލްގެ ހަތަރު ލަނޑުވެސް ޖެހީ ފިރުޝާނާ ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިރުޝާނާ އަންނަނީ މި ފަަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރެއެވެ.