ޚަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި


  • ޒަހަމްކޮށްލާފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެއް

  • އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.