ޚަބަރު

ސަބަލެންކާ ބަލިކޮށް ޕެގޫލާ ފައިނަލަށް


ޗައިނާގެ ވުހާން ގައި މިހާރު ކުރިއަށްދާ ވުހާން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ބަލިކޮށް ޖެސިކާ ޕެގޫލާ ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ އަތުން އެމެރިކާގެ ޖެސިކާ ޕެގޫލާ މޮޅުވެފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް ދޭއްގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާއަކުން ޕެގޫލާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓުގައި ފަހެއް ދޭއްގެ ނަތީޖާއަކުން ސަބަލެންކާ ކުރީގައި އޮތް ނަމަވެސް އޭނާ ވަނީ ފަހަތުން އަރާ އެ ސެޓު ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ޕެގޫލާ އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމެރިކާގެ ކޮކޯ ގައުފް އެވެ. އޭނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ޖޭސްމިން ޕައޮލިނީ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުގަ އެވެ.