ކުށުގެ ވެށީގައި ފުލުހުން ޙަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ވީޑީއޯއަކީ ފުލުހަކު ކޮށްފައިވާ ވީޑިއޯއެއް ނޫންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ، ކުށުގެ ވެށިން ބަޔަކު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ވީޑިއޯއެއް ދައުރުވަމުންދިޔުމާއި ގުޅިގެންނެވެ. އެވީޑިއޯގައި އެއްމައްސަލައިގައި ހިމެނޭ ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ފެންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ކުށުގެ ވެށީގެ ވީޑިއޯކޮށްފައިވަނީ ފުލުހަކު ނޫންކަމަށް ވިދާޅުވެފައެވެ.
މަސްތުވާތަކެއްޗާއެކު ޙަރަކާތްތެރިވަމުންދިޔަ ބަޔަކު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުޑަކުދިންތަކެއްވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.