6 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ފެތުންތެރިންގެ ޓީމު ސަޢަދީ ޢަރަބިއްޔާގެ ރިޔާޛަށް ފުރައިފިއެވެ.
މި މުބާރާތުގެ ފެތުމުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބައިނަލްއަޤްވާމީ މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ފެތުންތެރިންނަކީ ޢަޔާނާ އަރީފް، މަލައިކާ ލިންޑާ ޢިމްރާން، ސާރާ މުޙައްމަދު، ޒައިނަބް ޢަބްދުﷲ ޝަފީގް، ޢަލީ އިމްޢާން، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މުޙައްމަދު އައިދިން ނިޔާޒް އަދި މުޙައްމަދު ރިޙާން ޝިހާމެވެ.
އެންމެ ފަހުން ރާއްޖެއިން އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ބައިވެރިވީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޔާގައި ބޭއްވި ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ގޭމްސްގައި ރާއްޖޭގެ 12 ފެތުންތެރިން ބައިވެރިވިއެވެ.