ޚަބަރު

ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަނެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައި

ފުވައްމުލަކު ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަނެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގައި ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުގައެވެ.

ފުވައްމުލަކު ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުން އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މި މަޝްރޫޢުގެ ދަށުން ތައްޤީކުރާ އެކޮމަޑޭޝަން ބްލޮކަކީ 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތްކުރާ ތަނެކެެވެ. އެއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެއެވެ. މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ، ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެ