ތިމާވެށީގެ ދާއިރާއިން 24 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
ބަސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނެވެ. ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތާއި ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމަށް ބޭނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ހިމެނެއެވެ. މިދާއިރާގެ މަސައްކަތްތައް ތަފާތު 5 ކުންފުންޏަކާ ވަނީ ހަވާލުކުރައްވާފައެވެ.
1. ހއ. ދިއްދޫ - ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
2. ހއ. މާރަންދޫ - ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
3. ހއ. މޮޅަދޫ - ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
4. ހއ. މުރައިދޫ - ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
5. ހދ. ފިނޭ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
6. ހދ. ހިރިމަރަދޫ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
7. ހދ. ކުމުންދޫ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
8. ހދ. ކުރިނބީ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
9. ހދ. ނޭކުރެންދޫ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
10. ހދ. ނޮޅިވަރަމް - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
11. ހދ. ވައިކަރަދޫ - ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް
12. ށ. ބިލެއްފަހި - އާލާފް ޕްރައިވެޓް ލިމިޓެޑް
13. ށ. ފީވަކު - އާލާފް ޕްރައިވެޓް ލިމިޓެޑް
14. ށ. ފޭދޫ - އާލާފް ޕްރައިވެޓް ލިމިޓެޑް
15. ށ. ކަނޑިތީމު - އާލާފް ޕްރައިވެޓް ލިމިޓެޑް
16. ށ. ޅައިމަނގު - އާލާފް ޕްރައިވެޓް ލިމިޓެޑް
17. ށ. ނޫމަރާ - އާލާފް ޕްރައިވެޓް ލިމިޓެޑް
18. ހއ. ތަކަންދޫ - ޓަރަސްޓް އެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
19. ހއ. އުލިގަމް - ޓަރަސްޓް އެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
21. ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑް: ވެރިކަންކުރާ ރަށްރަށާއި އާބަން ސެންޓަރުތައް ހިމެނޭގޮތަށް ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމަށް ބޭނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް
23. ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑް: އައްޑޫ، ފޯއްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބޭނުންވާ މޮބައިލް ޝްރެޑާ ހޯދުމުގެ މަސައްކަތް
22. ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑް: އައްޑޫ، ފޯއްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބޭނުންވާ މޮބައިލް ސޫއަރ ހޯދުމުގެ މަސައްކަތް
23.ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑް: ޒޯން 6 އަދި 7ގެ ވޭސްޓް ޓްރާންސްފައި ސިސްޓަމް ޕްރޮޖެކްޓް 20 އަދި 21އަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް
މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުން ޝާމިލުވާ އެތައް ކުންފުންޏަކަށް މާލީ ތަނަވަސްކަން ލިބިގެންދާނެއެވެ. މި މަޝްރޫޢުތައް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވީ އެންމެ އަވަހަކަށް މަޝްރޫޢުތައް ނިންމޭނެ ގޮތެއްގެ މަތިންނެވެ.