ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެންކަމަށާއި، އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަކަމަށެެވެ. އަދި ނިޔާވެފައި ވަނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކ.ދިއްފުށި، ލައިޓް ގާޑެން އުމުރުން 19 އަހަރުގެ އިސްމާއިލް ރައްޔާން ބިން ނާޒިމްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާކަމަށެވެ.