ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ދީމާ ޖާގަ ހޯދައިފި


ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސިންގަލްސްގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު ދީމާ ޢަލީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި މެޗު ދީމާ ކާމިޔާބުކޮށްފައިވަނީ އަޒަރުބައިޖާންގެ މިކެއިލޯވާއާ ވާދަކޮށް 4 ސެޓު 2 ސެޓުންނެވެ.

މިއީ މިމުބާރާތުގެ އަންހެން ސިންގަލްސްގައި ދީމާ ކުޅުނު ފުރަތަމަ މެޗަށްވާއިރު މިއީ ބެސްޓް އޮފް ސެވަން އަށް ކުޅުނު މެޗެކެވެ. މިމެޗުގެ ފުރަތަމަ ސެޓު ދީމާވަނީ ފަސޭހަކަމާއެކު 11-7 އިން ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ސެޓު އިދިކޮޅުން ވާދަވެރިކަމާއެކު ނުކުމެވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުން 13-11 އިން ނަގާފައެވެ. މެޗުގެ ތިންވަނަ ސެޓުގައިވެސް މިކެއިލޯވާ މޮޅު ކުޅުމެއް ދެއްކިއިރު އޭނާ ވަނީ 11-9އިން ސެޓު ހޯދާފައެވެ.

މެޗުގެ ހަތަރުވަނަ ސެޓްގައި ދީމާގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވާއިރު އޭނާ ވަނީ ފަސޭހަކަމާއެކު 11-4އިން ސެޓު ކާމިޔާބުކޮށްފައެވެ. ކޮންމެ ކުޅުންތެރިއަކުވެސް ފަސްވަނަ ސެޓަށް ނުކުތްއިރު ދެ ސެޓު ނަގާފަވާއިރު، ވާދަވެރި މިސެޓު ދީމާ ވަނީ 11-8 އިން ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ ފަސްވަނަ ސެޓުގައި ދީމާގެ ފަރާތުން ފެނުން ކުޅުން ލަސްކަމަށް ފާހަގަވިއެވެ. އިދިކޮޅުން ކުޅެމުން ދިޔަ މިކެއިލޯވާ ކުޅުން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ދީމާ ވަނީ ކުޅުން ލަސްކޮށް ފަސޭހަކަމާއެކު 11-2 ގެ ބޮޑު ފަރަގަކުން ސެޓު ހޯދާފައެވެ.