ޚަބަރު

ތާރީޚީ ވަނައެއް ހޯދައިދިން ރާއްޖޭގެ ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް!


ބިލީ ޖީން ކިންގް ކަޕުގައި ވާދަކޮށް ރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދިން ޓެނިސް ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ވަނީ ވިއެޓްނާމުގައި ކުރިޔަށްގެންދިޔަ ބިލީޖީން ކިންގް ކަޕް 2025 ގެ އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ ޒޯން ބީގެ ފައިނަލުގައި ކުޅެ ދެވަނަ ހޯދާފައެވެ.

ރާއްޖޭގެ ޓެނިސް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުالله ރާފިޢުއާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރާއި ޓީއޭއެމްގެ ސެކެއްޓްރީ ޖެނެރަލް (ޔޫސުފް ރިޒާ) އެވެ.

މިއީ ޓެނިހުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަންފާހަގަ ކުރައްވާ ވަޒީރުވަނީ އެކަމަށްޓަކައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ޓެނިސް ޓީމާ ބައްދަލުކުރައްވާ ވަޒީރު ވިދާޅުވީ ދެން އޮންނަ މުބާރާތެއްގައި ގުރޫޕް 2 އަށް ރާއްޖެއަށް ދެވިދާނެކަމުގެ އުންމީދު ކުޅުންތެރިން ދެއްކި ހިއްވަރުން ލިބިއްޖެ ކަމަށާއި މި މުބާރާތުގައި ހޯދި ކާމިޔާބީއާއި މެދު ފަހުރުވެރިވާ ކަަމަށެވެ.

އަދި އަންނަ އަހަރު އިތުރު ކޯޗުން ގެނެސްގެންނާއި އެސޯސިއޭޝަނުން ބޭނުންވާ ކަންތައްތައް ކޮށްދީގެން ޓެނިހުގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަހަކަށް އައިސް އެސޯސިއޭޝަންގެ މަސައްކަތާއި އެކު ޓެނިހުގައި ވަރަށް ބޮޑެތި ކަންތައްތަކެއް ރާއްޖެއަށް ހާސިލުކުރެވެމުންދާ ކަމަށާއި މި ދެއަހަރަކީ ޓެނިސްގައި ވަަރަށް އުންމީދީ ދެ އަހަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ޓެނިހުގެ ކުރިއެރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި ޓެނިހުގައިވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޓެނިސް ޓީމުން ގުރޫޕުގެ އެއްވަނައިގައި ފައިނަލާ ހަމައަށް ދަތުރުކޮށް ‎ފައިނަލްގައި ނިކުތީ ލާއޯސްއާއި ދެކޮޅަށެވެ. ލާއޯސް އަތުން ރާއްޖެ ބަލިވީ 1-2 ންނެވެ.

‎ރާއްޖޭން ބިލީ ޖީން ކިންގް ކަޕުގެ ފައިނަލާއި ހަމައަށް ދަތުރުކުރުމަކީ ރާއްޖޭގެ ޓެނިސް ޓީމުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގުރޫޕްގެ އެއްވަނަ ހޯދާ ގްރޫޕް 2 އަށް ކޮލިފައިވުމުގެ އަޒުމުގައި ވިއެޓްނާމަށް ދިޔަ ގައުމީ އަންހެން ޓެނިސް ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް ވަރުގަދަ ރޫހެއްގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

‎ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރީ ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ޤައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ ޢަލީ ރިޒާއެވެ.

ރާއްޖޭގެ ޓެނިސް ޓީމުން ގުރޫޕުގެ އެއްވަނައިގައި ފައިނަލާ ހަމައަށް ދަތުރުކޮށް ‎ފައިނަލްގައި ނިކުތީ ލާއޯސްއާއި ދެކޮޅަށެވެ. ލާއޯސް އަތުން ރާއްޖެ ބަލިވީ 1-2 ންނެވެ.

‎ރާއްޖޭން ބިލީ ޖީން ކިންގް ކަޕުގެ ފައިނަލާއި ހަމައަށް ދަތުރުކުރުމަކީ ރާއްޖޭގެ ޓެނިސް ޓީމުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގުރޫޕްގެ އެއްވަނަ ހޯދާ ގްރޫޕް 2 އަށް ކޮލިފައިވުމުގެ އަޒުމުގައި ވިއެޓްނާމަށް ދިޔަ ގައުމީ އަންހެން ޓެނިސް ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް ވަރުގަދަ ރޫހެއްގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

‎ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރީ ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ޤައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ ޢަލީ ރިޒާއެވެ.