ޚަބަރު

ޕްލޭއޮފް ގައި އިޓަލީ އާއި ދެކޮޅަށް ނޮދަން އަޔަލޭންޑް


އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ކޮލިފައިންގެ ޔޫރަޕްގެ ޕްލޭއޮފް ގައި އިޓަލީ އާއި ދެކޮޅަށް ނޮދަން އަޔަލޭންޑް ކުޅެން ހަމަޖެހިއްޖެ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި 12 ޓީމެއް މިހާތަނަށް ޔޫރަޕުން ކޮލިފައިވެފައިވާއިރު ޕްލޭއޮފްގެ ސެމީ ފައިނަލުގައި ޖުމްލަ 16 ޓީމެއް ވާދަކުރާއިރު ކޮންމެ ޓީމެއްވެސް ކުޅޭނީ އެއް ލެގުގެ މެޗުތަކެވެ.

އެގޮތުން ފުރަތަމަ ލެގުން މޮޅުވާ ޓީމެއް ޕްލޭއޮފް ފައިނަލަށް ކޮލިފައިވާއިރު, ޕްލޭއޮފްގެ ފައިނަލުން މޮޅުވާ ހަތަރު ޓީމަކަށް އަންނަ އަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާނެ އެވެ.

ޔޫރަޕްގެ ޕްލޭއޮފް ސެމީ ފައިނަލްގެ މެޗުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން އިޓަލީ އާއި ދެކޮޅަށް ނޮދާން އަޔަލޭން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ޖެހޭނީ ވޭލްސް އާއި ބޮސްނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށް ކުޅުމަށެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ޔުކްރޭން އާއި ދެކޮޅަށް ސްވިޑަން ކުޅޭ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް ފައިނަލުގައި ނިކުންނާނީ ޕޮލޭންޑް އާއި އަލްބޭނިޔާ އަތުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި ތުރުކީ އާއި ރުމޭނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ޖެހޭނީ ސްލޮވޭކިޔާ އާއި ކޮސޯވޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށް ފައިނަލުގައި ކުޅުމަށެވެ.

ގްރޫޕް ޑީ ގައި ހިމެނޭ ޑެންމާކް އާއި ނޯތް މެސެޑޯނިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ނިކުންނާނީ ޗެކް ރިޕަބްލިކް އާއި އަޔަރލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ފާއިތުވެދިޔަ ދެ ވޯލްޑްކަޕަށް ވެސް ކޮލިފައިވެފައިނުވާ އިޓަލީ އަށް މި ފަހަރުވެސް ކޮލިފައިއިންގައި ވަނީ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.

2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑްކަޕަށްވެސް ކޮލިފައިވެފައެއް ނުވެއެވެ.

ޕްލޭއޮފްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ.