މިމަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 1 އިން 22 އާއި ހަމައަށް ސްކޭމްގެ ޖުމްލަ 119 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓް ކޮށްފައިވެއެވެ.
އަދި މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އީ-ކޮމާސް: 61 މައްސަލަ
ބޭރު ފައިސާ މާރުކުރުން: 13 މައްސަލަ
އިންވެސްޓްމެންޓް ސްކޭމް: 2 މައްސަލަ
ފިޝިން ސްކޭމް: 1 މައްސަލަ
ފޯނުން ގުޅައިގެން: 26 މައްސަލަ
އެހެނިހެން: 14 މައްސަލަ
ފޭސްބުކް
ވައިބަރ
ޓެލެގެރާމް
ވަޓްސްއަޕް
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ސްކޭމް ސެންޓަރުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ.
އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ޙިއްސާ ނުކުރުމަށާއި، ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ޢިލްތިމާސްކުރައްވައެވެ.