ޚަބަރު

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ "ސަޅި ފެސްޓް 2025" ފަށައިފި


  • ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 27، 28، 29 ގައި ޔޫތު ހަބްގައި

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ "ސަޅި ފެސްޓް 2025" ފަށައިފިއެވެ.

ސަރުކާރުން ޒުވާނުންނަށް ގާއިމްކޮށްދެއްވި ސަޅި ފެސްޓް 2025 އަކީ، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއެކު އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރު ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލްގެ ތެރެއިން ލައިވް ޝޯތަކާއި ވޯކްޝޮޕްތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

ސަޅި ފެސްޓް 2025 ކުރިއަށްދާނީ މިމަހުގެ 27، 28، 29 ގައި ޔޫތު ހަބްގައެވެ.

ތިން ދުވަހުގެ މި ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއިބެހޭ ވުޒާރާއިންް ވިދާޅުވެއެވެ.