ލ.ގަމު ފެނަކަ އިންޖީނުގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ގަމު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ 15:50 ހާއިރުގައިކަމަށެވެ. މިޙާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 1 ޖެނެރޭޓަރު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށެވެ. އަދި މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންދަނީ މިމައްސަލަ ތަޙުގީގުކުރަމުންނެވެ.
ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފޮނަދޫ ފިޔަވާ ގުޅިފައިވާ އެސަރަޙައްދުގެ ރަށްތަކުންވަނީ ކަރަންޓު ކެނޑިފައެވެ. ޤައުމީ ދިފާޢީ ބާރާއި ގުޅިގެން އިތުރު ޖަރަނެޓަރެއް ގެންގޮސްގެން ކަރަންޓު ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވިދާޅުވެއެވެ.