ޚަބަރު

ދިވެހިންނަށް ފަޚުރެއް، ބޭރު އެއާލައިނެއްގެ ފްލައިޓެއްގައި ދިވެހި 2 ޕައިލެޓުން!


  • ރާއްޖެ އައި ފްލައިދުބާއީ ފްލައިޓުގެ ކެޕްޓަން އަދި ފަސްޓް އޮފިސަރއަކީވެސް ދިވެހިން

  • ފްލައިދުބާއީއަކީ ޔޫއޭއީގެ އެއާލައިނެއް

ރާއްޖެއަށް އިއްޔެ އައި ފްލައިދުބާއީ ފްލައިޓުގެ 2 ޕައިލެޓުންނަކީވެސް ދިވެހިންނެވެ. މި ފްލައިޓު ދެ ޕައިލެޓުންނަކީ، ކެޕްޓަން ޖިނާން ޝަރީފާއި، ފަސްޓް އޮފިސަރ، މުޙައްމަދު ޝިނާޒެވެ.

ބައިނަލްއަޤްވާމީ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ ބައިންލައަަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުންދާ މިންވަރ ދައްކުވައިދޭކަމެކެވެ.

މިކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ހުނަރާއި އިޚްލާޞްތެރިކަމާއި، ޕްރޮފެޝަނަލިޒަމް ރަމްޒުކޮށްދޭ ކަމެއްގެގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ބައިނަލްއަަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުންދާ މިންވަރު ދައްކުވައިދޭކަމެއްގެގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

މިދަނޑިވަޅަކީ ޕައިލެޓުންގެ ކާމިޔާބީތައް ފާހަގަކޮށް، މި ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުރި ދިވެހި ޒުވާނުންނަށް ލިބިދާނެ ހިތްވަރެއްގެގޮތުގައިވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފްލައިދުބާއީއަކީ ޔޫއޭއީގެ ބަޖެޓް އެއަރލައިނެވެ. ފްލައިދުބާއީ އިން 90 އަށް ވުރެ ގިނަ ބޮއިންގް 737 މަރުކާގެ މަތިންދާބޯޓެއް އޮޕަރޭޓްކުރެއެވެ. އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން 50 އަށް ވުރެ ގިނަ ގައުމެއްގެ 120 އަށް ވުރެ ގިނަ މަންޒިލަށް އަންނަނީ ޚިދުމަތްދެމުންނެވެ. އެ ކުންފުނީގެ ނެޓްވޯކް މެދުވެރިކޮށް މެދުއިރުމަތި، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކަށްވެސް އަންނަނީ ޚިދުމަތްދެމުންނެވެ.