ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާގައި ސަފާރީގެ ބޮޑުބައި އަނދާފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން ހަވީރު 6:00 ރިޕޯޓުކޮށްފައިވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ނަމަވެސް ސަފާރީގެ ބޮޑުބައި އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައިވާކަމަށެވެ. ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުންކަމަށެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.