ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުވާ ޙަސަން މަމްދޫހު ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މއ. އެރަލްސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްދޫހް ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުނީ ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުނުވެ، ކޯޓަށް ފިލައިގެން އުޅޭތީއެވެ.
އޭނާގެ މައްޗަށް އެތައް ދައުވާއެއް އުފުލާފައިވާއިރު، ޝަރީއަތުގެ މަރުހަލާ އޮތީ ހުކުމާއި ހިސާބަށް ގޮސްފައެވެ.