މުނިފޫހިފިލުވުން

"އަ ޓްރިބިއުޓް ޓް ނާޝިދު" ކާމިޔާބު ކަމާއެކު ނިންމާލައިފި


"ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދިވެހި ފަންނާނުންގެ ފަރާތުން ދިން ޚާއްސަ ޓްރިބިއުޓް ޝޯ "އަ ޓްރިބިއުޓް ޓް ނާޝިދު" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. img:http://s3.psmnews.mv/images/660x400/14744946788297.jpg|ފަންނާނުން ނާޝިދަށް ދިން ޓްރިބިއުޓް ޝޯގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ޝޯއިން ދިވެހި މިއުޒިކީ ދާއިރާއަށް އިންޤިލާބެއް ގެނުވި ލަވަތަކެއް މިހާރުގެ ފަންނާނުންގެ އަޑުން އިވިގެންގޮސްފައިވެއެވެ. ރާއްޖޭގެ ރިސޯޓް މިއުޒިކްގައި އަދިވެސް މަގްބޫލްކަން ހޯދާފައިވަނީ، 1988 ވަނަ އަހަރު ދިވެހި މިއުޒިކަށް އިންޤިލާބެއް ގެނުވި "ދޯނި" އަލްބަމްގެ ލަވަތަކެވެ. img:http://s3.psmnews.mv/images/660x400/14744946650059.jpg|ފަންނާނުން ނާޝިދަށް ދިން ޓްރިބިއުޓް ޝޯގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ޒީރޯޑްގްރީ އެޓޯލްސްގެ ދޯނި އަލްބަމުގައި ނާޝިދު ހުށަހަޅާފައިވާ ދިވެހިވަންތަ ރާގުތަކަކީ އަދިވެސް ދިވެހިންގެ ހިތްތަކާ ކުޅެމުން އަންނަ ރާގުތަކެކެވެ. ޒީރޯ ޑިގްރީގެ ފުރަތަމަ އަލްބަމް "ދޯނި" އުފެއްދުމަށް އެ ބޭންޑުގެ މެންބަރުންވަނީ، ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްފައެވެ. އެ ދަތުރުގައި އެމީހުން ވަނީ އަލްބަމަށް ބޭނުންވާ ގުދުރަތީ އަޑުތަކާއި ރައްފުށު ދިރިއުޅުމުގެ އާއްމު އަޑުތަކާއި ރާގުތައް ރެކޯޑު ކޮށްފައެވެ. img:http://s2.psmnews.mv/images/660x400/14744946926419.jpg|ފަންނާނުން ނާޝިދަށް ދިން ޓްރިބިއުޓް ޝޯގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

"ޒީރޯޑިގްރީ އެޓޯލްގެ" މަޝްހޫރު ލަވަތައް ރޭ އަޑު އިވިގެން ދިޔައީ ނާޝިދުގެ ދަރިފުޅު ނަޝް ނާޝިދުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަ ކިޔުންތެރިންގެ އަޑުންނެވެ. މި  ޝޯގައި "ދޯނި" އަލްބަމާއި "އައިލެންޑްސް ޕުލަސް" އަދި "ބާރޑް އިން ފްލައިޓް" އަލްބަމްގައި ހިމެނޭ ލަވަތަކުގެ އިތުރުން، ނާޝިދު މަސައްކަތް ފަށާފައިވާ ސޯލޯ އަލްބަމް "ޖާރނީ" އަލްބަމްގެ ލަވަތައް ވެސް އަޑު އިވިގެން ދިޔައެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" މި ޝޯއަކީ، މިހާރު ކެންސަރާ ހަނގުރާމަކުރަމުންދާ ނާޝިދު ދިވެހި މިއުޒިކީ ދާއިރާއަށް ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން، މިއުޒިކަށް ޚާއްސަކޮށްގެން ނެރޭ މެގަޒިން "މިސްކް މޯލްޑިވްސް"އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޝޯއެކެވެ.