ހއ. މުރައިދޫއާއި ބާރަށުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޡީމެވެ.
ބާރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ތަރައްޤީކުރަނީ، އެރަށުގެ ވަށައިގެންވާ ރަށުގެ ބޮޑު މަގު، ރަށުގެ ރިންގް ރޯޑެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 3 އަހަރާ 5 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
ބާރަށަކީ 1000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އަދި އެ ރަށަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ.
މުރައިދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ރަށުގައި އާއްމުކޮށް ބޭނުންކުރާ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަވަނީ 2 އަހަރާ 10 ދުވަހުންނެވެ.
މުރައިދުއަކީ އާބާދީގައި 500އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.