ޚަބަރު

ހިތްހަމަ ނުޖެހޭ ކުޅުންތެރިން ކްލަބުން ދާންވީ: ގަޑިއޯލާ


މެންޗެސްޓަރ ސިޓީގައި ތިބި އެ ކްލަބް ދެކެ ހިތްހަމަ ނުޖެހޭ ކުޅުންތެރިން ކްލަބުން ދާންވީ ކަމަށް ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ގަޑިއޯލާ މިހެން ބުނެފައިވަނީ ރޮޑްރީ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑް އިން މަސައްކަތް ކުރަމުންދާ ވާހަކަ އާއި ގުޅިގެން އެފަދަ ހުށައެޅުމެއް ދޫކޮށްނުލެވޭނެކަމަށް ރޮޑްރީ ބުނެފައިވާތީ އެކަމާއި ގުޅިގެންނެވެ.

"ދުނިޔޭގެ އެންމެ މޮޅު ކްލަބުގެ ހުށައެޅުމަކަށް ނޫނެކޭ ބުނެ އެ ހުށައެޅުމެއް ދޫކޮށްނުލެވޭނެ." ނިމިގެންދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ރޮޑްރީ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ އެއްވެސް ކުޅުންތެރިއަކު ރެއާލް މެޑްރިޑްގެ ހުށައެޅުމެއް ދޫކޮށްނުލާނެ ކަމަށާއި ނަމަވެސް އެ ކްލަބުގައި ހުންނަން ހިތްހަމަނުޖެހޭ ކުޅުންތެރިން ކްލަބް ދޫކޮށްދާންވީ ކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކު ރެއާލްގެ ހުށައެޅުމެއް ދޫކޮށެއް ނުލާނެ. ނަމަވެސް އަހަރެންގެ އެދުމަކީ ވީހާވެސް ގިނަ ދުވަހަކު ރޮޑްރީ މި ކްލަބުގައި މަޑު ކުރުން." ގަޑިއޯލާ ބުންޏެވެ.

"އޭނާ ހިތްހަމަނުޖެހޭނަމަ ކްލަބަށް އަންގާފައި ހަމަ ބޭނުންވާ ކްލަބަކަށް ދާންވީ. ނަމަވެސް މި ކްލަބުން ރޮޑްރީގެ މުސްތަގުބަލާއިމެދު ބޭނުންވާ ގޮތް އަހަރެންނަށް އެނގޭ." ގަޑިއޯލާ އިތުރަށް ބުންޏެވެ.

2024 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލުކޮށްފައިވާ ރޮޑްރީ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ރޮޑްރީ ވަނީ ސިޓީ އަށް މިހާތަނަށް 293 މެޗު ކުޅެދީފަ އެވެ.