ޚަބަރު

އީރާނާއި އެމެރިކާއިން ހަމަލާތައް ހުއްޓާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި


  • ދިވެހި ޚާރިޖީއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނުކަން އިއުލާނުކޮށްފައިވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުމަކަށްއައިސް ޚިޔާލުތަފާތުވުންތަކަށް ދާއިމީ ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފައިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ. އަދި މިއީ ޚާރިޖީ ގުޅުންތައް ބަދަހިކޮށް މަޝްވަރާއާއި ހުޅުވިގެންދާ ދޮރަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްް ޤާއިމްކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ދިވެހި ޚާރިޖީއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނުކަން އިއުލާނުކޮށްފައިވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުމަކަށްއައިސް ޚިޔާލުތަފާތުވުންތަކަށް ދާއިމީ ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފައިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ. އަދި މިއީ ޚާރިޖީ ގުޅުންތައް ބަދަހިކޮށް މަޝްވަރާއާއި ހުޅުވިގެންދާ ދޮރަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމްކުރުމަށް، ޕާކިސްތާން ސަރުކާރާއި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުން ކުރެއްވި ޚާރިޖީ މަސައްކަތްތައް ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ތާޢިދު ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ މި ބަޔާނުގައި ދެއްވާފައެވެ. އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ދިވެހި ޚާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ފެބްރުއަރީ 28އިން ފެށިގެން ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުންތައް މުޅި މެދުއިރުމައްޗަށް ވެސް ފެތުރިފައިވާއިރު، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. މި އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ޕާކިސްތާނުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.