ޚަބަރު

ރާއްޖެ ޖޫނިއާ ޗެންޕިއަންޝިޕުގެ ފައިނަލަށް ޖޭއެސް އަދި ރެހެންދި


  • މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 04:00 ގައި

  • މިއަހަރުގެ މުބާރާތުގައި ވާދަކުރީ ޖުމްލަ ތިން ޓީމް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރާއްޖެ ޖޫނިއާ ޗެންޕިއަންޝިޕުގެ ފައިނަލަށް ޖަމާލުއްދީން ސްކޫލާއި ރެހެންދި ސްކޫލް ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލަށް ޖަމާލުއްދީން ސްކޫލް ދަތުރުކުރީ ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗު ފިޔަވާ ހުރިހާ މެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިގެންނެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ރެހެންދި ސްކޫލުން ހޯދީ ކުޅުނު 6 މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ.

މިމަހުގެ 19 ވަނަ ދުވަހު ފެށި ރާއްޖެ ޖޫނިއާ ޗެންޕިއަންޝިޕުގެ ފައިނަލު މެޗު ތާވަލުކޮށްފަވަނީ އަންނަ ހޯމަދުވަހުގެ ހަވީރު 04:00 އަށެވެ.

ކުރިކެޓްގެ ފޯރި އާލާކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިމުބާރާތް އަމާޒުކޮށްފައިވަނީ 16 އަހަރުންދަށުގެ އުމުރުފުރާއަށެވެ. މިއީ ގްރޭޓާ މާލެ ސަރަހައްދުގެ ޓީމުތަކަށް ޚާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ޖަމާލުއްދީން ސްކޫލް، ރެހެންދި ސްކޫލްގެ އިތުރުން ތާޖުއްދީން ސްކޫލްއެވެ.