ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026 ގައި ޖޫނިއަރ އަންހެން ޑިވިޝަން ފުރަތަމަ ހީޓުތައް ނިންމާ ސެމީ އާއި ހަމައަށް ބައިވެރިން ދަތުރުކޮށްފިއެވެ.
މުބާރާތުގެ އެންމެ ފަހު ޑިވިޝަން ކަމަށްވާ ޖޫނިއާ އަންހެން ޑިވިޝަނުގެ ހީޓުތައް ފަށާފައިވަނީ ބުރާސްފަތި ދުވަހު މެންދުރެވެ.
ސެމީފައިނަލަށް ދަތުރުކުރީ ޒޯހާ އަޒްލީއާއި ލަޔާން ހުސެއިން ޝަފާޒް އާއި ޒަހާ ޒައިދުލް ހަލީލާއި ފާތިމަތު ލައްޔާހް ޝާހިދެވެ.
ސެމީ ފައިނަލްގެ ހީޓުތައް މިއަދު މެންދުރަށް ތާވަލުކޮށްފައިވާއިރު ސެމީގެ ހީޓު އެކެއްގައި ވާދަކުރާނީ ޒޯހާ އަޒްލީ އާއި ލަޔާން ހުސެއިން ޝަފާޒެވެ. ސެމީފައިނަލްގެ ހީޓު ދޭއްގައި ވާދަކުރާނީ ޒަހާ ޒައިދުލް ހަލީލާއި ފާތުމަތު ލައްޔަހު ޝާހިދެވެ.
ޒޯހާ ސެމީގެ ޖާގަ ހޯދީ ތިންވަނަ ބުރުގެ ހީޓު އެއްގައި 12.16 ޕޮއިންޓު ހޯދައިގެންނެވެ. ލައްޔަހް ސެމީގެ ޖާގަ ހޯދީ މި ހީޓުގައި 6.96 ޕޮއިންޓް ހޯދައިގެންނެވެ.
ޒަހާ ސެމީގެ ޖާގަ ހޯދީ ތިންވަނަ ބުރުގެ ދެވަނަ ހީޓުގައި 4.90 ޕއޮންޓް ހޯދައިގެންނެވެ. ލަޔާން ސެމީގެ ޖާގަ ހޯދީ 3.66 ޕޮއިންޓް ހޯދައިގެންނެވެ.
މޯލްޑިވްސް ބޮޑީބޯޑިން ލީގުގައި މުޅިން އަލަށް ޖޫނިއާ އަންހެން ޑިވިޝަން ހިމަނައިގެން ކުރިޔަށް ގެންދާއިރު ޖުމްލަ 10 އެތިލީޓުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގައި ފުރަތަމަ ބުރުގައި ތިން ހީޓެއްގައި އެތުލީޓުން ވާދަކުރިއިރު ހީޓު އެކެއްގެ އެއްވަނަ ހޯދީ ޒޯހާ އަޒްލީއެވެ. ހީޓް ދޭއްގެ އެއްވަނަ ހޯދީ ޒަހާ ޒައިދުލް ހަލީލެވެ. ހީޓު 3 ގެ އެއްވަނަ ހޯދީ ލަޔާން ހުސެއިން ޝަފާޒްއެވެ.
ރެޕޯ ބުރަށް ދަތުރުކުރީ އައިމިނަތު ސޯފިއާ ޝާހިދު، އައިޝާ ބަތޫލް އާލި އަދި ފާތިމަތު މާލް އާދިލެވެ އަދި އައިމިނަތު ރިދާ މައުސޫމެވެ. ރެޕޯ ބުރުގެ އެއްވަނަ ހޯދީ އައިމިނަތު ސޯފިއާ ޝާހިދެވެ. ދެވަނަ ހޯދީ އައިޝާ ބަތޫލް އާދިލެވެ. ތިންވަނައިގައި އޮތީ ފާތިމަތު މާލް އާދިލެވެ. މި ބުރުގައި ރިދާ ވާދަކޮށްފައެއް ނުވެއެވެ.
ތިންވަނަ ބުރުގެ ހީޓުތަކުގެ ތެރެއިން ފުރަތަމަ ހީޓުގެ އެއްވަނަ ހޯދީ ޒޯހާ އަޒްލީއެވެ. ދެވަނަ ހީޓުން އެއްވަނަ ހޯދީ ޒަހާ ޒައިދުލް ހަލީލެވެ.
ސެމީ ފައިނަލްގެ ހީޓުތައް ނިންމާ ފައިނަލް ހީޓުވެސް މިއަދަށްވަނީ ތާވަލުކޮށްފައެވެ. 27 އޭޕްރީލުގައި ފެށި މި މުބާރާތުގައި މިހާރުވަނީ ޖޫނިއާ ފިރިހެން އަދި މެންސް އޯޕަން ޑިވިޝަނާއި ޑްރޮޕްނީ ޑިވިޝަން ނިންމާލާފައެވެ.