ޚަބަރު

އެމަޖެންސީ ލައިންގެ ޚިދުމަތް މެދުކެނޑި، 9888999 ގުޅުމަށް އެދިއްޖެ


  • އިމަޖެންސީ ލައިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތަށް ވަނީ ބުރޫ އަރާފައި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ލައިންތަކަށް މައްސަލަ ދިމާވެ، 9888999 ގުޅުމަށް އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމަޖެންސީ ލައިން، 911 އާއި ހޮޓްލައިންތައް ކަމުގައިވާ 3322111 އަދި 3322112އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، ވީހާވެސް އަވަހަށް ޚިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.


ފުލުހުން ވަނީ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ 9888999 އަށް ގުޅުމަށް އެދިފައެވެ.