ޚަބަރު

"ކުޅިވަރާއި ޒުވާނުންގެ ތަރައްޤީގައި ލަންކާއިން މުހިއްމު ދައުރެއް އަދާކުރޭ"


  • ކުޅިވަރުގެ ތަރައްގީއަށް އެއްބާރުލުންދިނުމާއި ގުޅޭ އެއްބަސްވުމެއް ބަދަލުކުރެވުނު

  • ރައީސް ވިދާޅުވީ ލަންކާގެ އެއްބާރުލުން އަބަދުވެސް ބަލައިގަންނަކަމަށް

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރެއްވުމާއި ގުޅޭ ދާއިރާއިން ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާއި ދެމެދު ބަދަލުކުރެވުނު އެއްބަސްވުމުގެ ދަށުން ދެގައުމުން މިދާއިރާއިން ދޭ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމަށް އަލިއަޅުވާލައްވާ ރައީސް ވަނީ ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ސްރީލަންކާއިން މެދު ކެނޑުމެއް ނެތި ދެމުން ގެންދާ އެއްބާރުލުމުގެ އަގުވަޒަން ކުރައްވާ ކަމަށެވެ.

“މި ބައްދަލުކުރެވުނު އެއްބަސްވުމުގެ ސަބަބުން ޔޫތް އެންޑް ސްޕޯޓްސް ޑީވެލޮޕްމެންޓަށް އެއްބާރުލުން ދިނުމުން ހަރުދަނާވެގެންދާނެ” ރައީސް ވިދާޅުވިއެވެ.

ދިވެހި ރާއްޖެއިން އަބަދުވެސް ސްރަިލަންކާއިން މެދު ނުކެނޑި ދެމުން ގެންދާއެއްބާރުލުން އަބަދުވެސް އަގުވަޒަން ކުރައްވާ ލަމަށް ރައީސް ވިދާޅުވިއެވެ.

ސްރީލަންކާއަކީ ކުޅިވަރުގެ ދާއިރާ އާއި ޒުވާނުންގެ ތަރައްޤީގައި ސަރަހައްދީ މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅައާއި ކްރިކެޓާއި ޓެނިހާއި އެތުލެޓިކްސް އާއި އެހެނިހެން ކުޅިވަރުތަކުގެ އެތުލީޓުންނަށް ބޭނުންނާ ތަމްރީނު ޕްރޮގްރާމުތައް ކުރިޔަށް ގެންދިއުމަށް ޓްރޭނިން ކޭމްޕްތައް ހަމަޖައްސަދިނުމުގައި ލަންކާ ސަރުކާރުން ދިވެހި އެތުލީޓުންނާއި ދިވެހި ކުޅިވަރު އާއިލާއަށް ނުހަނު ގިނަ އެހީތައް ފޯރުކޮށްދެއެވެ.

އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށް ލަންކާއަށްދާ ރާއްޖޭގެ ޓީމުތަކަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުުގެ ސަބަބުން ރާއްޖޭގެ ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލަންކާ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭނެއެވެ.