ކުޅިވަރު

ސެނެގާލް 8 އޮފިޝަލެއްގެ ވިސާ އެމެރިކާއިން ކެންސަލް ކޮށްފި


ސެނެގާލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ 8 އޮފިޝަލަކަށް ވިސާދޭން އެމެރިކާއިން ދެކޮޅު ހަދައިފި އެވެ.

ސެނަގާލް ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި 8 އޮފިޝަލުންނަކީ އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސެމަށް އެމެރިކާ އަށް ދާން އުޅުނު 8 އޮފިޝަލުން ކަމަށެވެ. އަދި ވިސާ ނުދިން ސަބަބެއް ވެސް މިހާތަނަށް ބުނެފައިވާނުވާ ކަމަށެވެ. ސެނެގާލްގެ ދަކަރުގައި ހުންނަ އެމެރިކާގެ އެމްބަސީން މި ގޮތަށް އަމަލު ކުރުމުން ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ގައުމީ ޓީމު ދިދުމުގެ ކުރިން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސަން ދަތިތަކެއް ހުންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސެނެގާލް ފުޓްބޯޅަ ފެޑަރޭޝަނުން ފީފާއާ މަޝްވަރާތައް ފަށާފައިވާއިރު އެމެރިކާ އާއި ގިނަ ގައުމުތަކާ ގުޅުން ގޯސްވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މި ގޮތުން އެމެރިކާ އަށް އެތެރެވުމަށް ވަރަށް ގިނަ ގައުމުތަކުގެ އޮފިޝަލުންނަށް ވިސާ ނުދިނުމާއި އެމެރިކާގައި ތިބުމުގައި ދައްކަންޖެހޭ އެކިއެކި ފީތައް ބޮޑުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ސެނެގަލް ހިމެނެނީ އަލްޖީރިއާ އައި އޮސްޓްރިއާ އާއި ޖޯޑަންއާ އެކު ގްރޫޕް ޖޭގަ އެވެ.