ކުޅިވަރު

ސްވިޑް ސްކޮޑް އިއުލާނުކޮށްފި، ބާޖީ ބާކީކޮށް ނެގީ އިސާކް


ލިވަޕޫލްގެ އެލެގްޒެންޑާ އިސާކް ނަގައި، ބާސެލޯނާގެ ރޫނީ ބާޖީ ބާކީކޮށް ވޯލްޑް ކަޕަށްދާ ސްވިޑްން ޓީމު އިއުލާނު ކޮށްފި އެވެ.

ކޯޗު ގްރެހަމް ޕޮޓާ އިއުލާނު ކުރި 26 ކުޅުންތެރިންގެ ތެރޭގައި އިސާކް ހިމެނުނީ އަނިޔާގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު އެނބުރި ކުޅެންފެށިތާ މަހެއް ވެސް ނުވަނީހެވެ. އެކަމަކު ބާޖީ ބާކީވީ ބާސެލޯގައި މަދުން ނަމަވެސް ރަނގަޅު ކުޅުމެއް ދައްކަނިކޮށެވެ.

"އަނިޔާގައި ގިނަ ދުވަހު ހުރެފިނަމަ ކުއްލިއަކަށް މީހާ މުޅިން ފިޓް ނުވާނެ. މީގައި ސްޓެފްތަކެއް ހުންނާނެ. އަހަރުމެންނަށް އޮތް ޗެލެންޖަކީ އިސާކް މުޅިން ފިޓްކުރުން. އެކަން ކުރެވިއްޖެނަމަ އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.

އާސެނަލްގެ ފޯވަޑް ވިކްޓަރ ޔޯކެރެސް ވެސް ވަނީ ޓީމަށް ނަގައިފަ އެވެ. އޭނާ އަކީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ.

އޭނާގެ އިތުރުން ޓީމަށް ނަގާފައިވާ މަޝްހޫރު ކުޅުންތެރިންނަކީ އެސްޓަންވިލާގެ ވިކްޓަރ ލިންޑްލޯފް އާއި ނިއުކާސަލްގެ އަރިމަތިން ކުޅޭ އެންތަނީ އެލަންގާ އެވެ.

ބާޖީގެ އިތުރުން ޓީމުން ޖާގަ ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިއަކީ ޓޮޓެންހަމުގެ ޑެޖާން ކުލުވެސްކީ އެވެ. އޭނާ ބާކީ ކުރީ ކަކުލުގެ އަނިޔާގެ ސަބަބުންނެވެ.

ކޯޗު ބުނީ ބައެއް ކުޅުންތެރިން ޓީމުން އުނިކުރަން އުނދަގޫވި ކަމަށާއި ކުލުވެސްކީ އާއި ބާޖީ ފަދަ ކުޅުންތެރިން ޓީމުގައި ނުހިމެނުނީ ވާދަވެރިކަން ބޮޑުވުމުން ކަމަށެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްވިޑްން ހިމެނެނީ ނެދަލޭންޑްސް އާއި ޖަޕާނާއި ޓިއުނީޝިޔާ ހިމެނެނޭ ގްރޫޕް އެފްގަ އެވެ.