އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަޟްޙާ ޢީދުގެ ތަހުނިޔާގެ ފޮނުއްވާފައިވަނީ، ބަރަކާތްތެރި އަޟްޙާ ޢީދާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ބަރަކާާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ އެންމެހާ އަޚުންނާ އުޚުތުންނަށް އަރިސްކުރަން. އަދި މިދުވަހަކީ ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލައްވާށި! pic.twitter.com/Wqtww5V9Ng
— First Lady Sajidha Mohamed (@sajidhaamohamed) May 26, 2026
މި ޕޯސްޓުގައި ވަނީ، މިދުވަހަކީ ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބަރަކާާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައިވެއެވެ.