ޚަބަރު

އެލްޖީއޭގެ ރައީސަކަށް މާލީ ވަޒީރު ޙަސަން ޒަރީރު


  • އެލްޖީއޭގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މޫސާ ޒަމީރު

  • މޫސާ ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވީ ހޯމަ ދުވަހު

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު އައްޔަންކުރައްވައިފިއެވެ.

އެލްޖީއޭގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ ކުރީގެ ވަޒީރު މޫސާ ޒަމީރުއެވެ. މޫސާ ޒަމީރު ވަނީ މިމަހުގެ 8 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރު އައްޔަންކުރައްވައި އެލްޖީއޭގެ ރައީސްގެ މަޤާމަށްވެސް ވަޒީރު ޙަސަން ޒަރީރު އައްޔަނުކުރައްވާފައެވެ.

އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.

މިހާރުގެ މާލީ ވަޒީރު ޙަސަން ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.