ކުޅިވަރު

ވޯލްޑް ކަޕުގައި ލަނޑު ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ މުގުރާލައިފި އެވެ.

ގާތްގަނަޑަކަށް 12 އަހަރު ފަހުން ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ އަތުގައި އޮތް ރެކޯޑް މެސީ މުގުރާލީ މިރޭ އާޖެންޓީނާ އާއި އޮސްޓްރިއާ ކުޅެމުންދާ މެޗުގައި ގޯލު ޖަހައިގެންނެވެ.

މި މެޗުގައި އޭނާ ޖެހި ގޯލަކީ މެސީގެ 17 ވަނަ ގޯލެވެ. ވޯލްޑް ކަޕުގައި ކްލޯސާ ޖަހާފައިވަނީ 16 ގޯލެވެ. އޭނާ މި ރެކޯޑް ހޯދީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގަ އެވެ.

ހަ ވަނަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅޭ 39 އަހަރުގެ ކުޅުންތެރިޔާ މިރޭ ޖެހި ގޯލަކީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މިހާރު ކުރިއަށްދާ މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ. މި ގޯލު ޖެހީ މި މެޗުގައި ލިބުނު ޕެނަލްޓީ އެއް ނަގާލުމަށްފަހު އެވެ. މި މުބާރާތް މެސީ ފެށީ އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައިގެންނެވެ.

ވޯލްޑް ކަޕުގައި މެސީ ގޯލު ޖަހާފައިވާ ގޮތް:

2006: 1 ގޯލު
2010: ގޯލެއް ނުޖެހޭ
2014: 4 ގޯލު
2018: 1 ގޯލު
2022: 7 ގޯލު
2026: 4 ގޯލު

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މެސީ ހޯދިއިރު މި ރެކޯޑް މިހާތަނަށް އޮތް ތޯމަސް މުލާ ވެސް ވަނީ މެޗުގެ ކުރިން މެސީ ރެކޯޑް މުގުރާލަން އެދޭކަމަށް ބުނެފަ އެވެ.

"އަހަރެން އެދެނީ މެސީ އަހަރެންގެ ރެކޯޑް މުގުރާލަން. މި ވޯލްޑް ކަޕުގައި މި ރެކޯޑް މުގުރާލާނެ ކަމަށް އަހަރެން ކުރިން ވެސް އުއްމީދު ކުރިން. އެއީ (ފްރާންސްގެ ކެޕްޓަން) އެމްބާޕޭ އާއި މެސީ ވަރަށް ގާތުން ވާދަ ކުރާތީވެ. ދެން މެސީ މެސީ ރެކޯޑް މުގުރާލަން އަހަރެން ބޭނުންވަނީ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުން. އޭނާ މި ރެކޯޑް މުގުރާލުމަކީ ޝަރަފެއް،" ކްލޯސާ ބުންޏެވެ.

2014 ވަނަ އަހަރު ކްލޯސާ މި ރެކޯޑް މުގުރާލީ 15 ގޯލާއެކު ބްރެޒިލްގެ ރޮނާލްޑޯ 2006 ވަނަ އަހަރު ހެދި ރެކޯޑް މުގުރާލައިގެންނެވެ. އެއީ ޖުމުލަ 16 ގޯލު ހަމަކޮށްގެންނެވެ.