ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ. މި ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ.
މިއީ ނޯވޭގެ ކްރޫޒްލައިނެއްކަމަށްވާ "އެމްއެސް ވިކިންގ ޔި ޑުން" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ކޮލަންބޯއިންނެވެ. މީގެ ކުރިން މިކްރޫޒުލައިނަރ ވަނީ ތައިލެންޑާއި މެލޭޝިޔާގައިވެސް މަޑުކޮށްފައެވެ.
މި ކްރޫޒްލައިނާއިން ރާއްޖެ އައި 732 ފަތުރުވެރިންނާއި އަދި 486 ކްރޫ މެންބަރުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މި ކްރޫޒްލައިނަރއިން ގިނައިން އައިސްފައިވަނީ، ޗައިނާގެ ފަތުރުވެރިންނެވެ.
Seaport officers facilitated immigration en-route clearance for 732 passengers and 486 crew members aboard the MS Viking Yi Dun, which arrived in Malé today from Colombo, Sri Lanka. pic.twitter.com/Bd3YC7wb00
— Maldives Immigration (@ImmigrationMV) June 23, 2026
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ކްރޫޒްލައިން ވަނީ އައިސްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ކްރޫޒްލައިންތަކުން 14،847 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8263 ފަތުރުވެރިންނެވެ.