ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ ސަރަޙައްދުތަކަށް 19 މޭޅާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. މިވަގުތުތަކުގައި ކަނޑުތައްވެސް ގަދަވާނެކަމަށެވެ. ކަނޑުތައް ގަދަވާ ވަގުތުގައި 3-6 ފޫޓަށް ރާޅުގެ އުސްމިން ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
Alert white for strong winds of 19 – 24 mph with rough seas. pic.twitter.com/hLXMVmw0v4
— Maldives Meteorology (@MetMaldives) July 4, 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ސަމާލު ނެރެފައިވާ ސަރަޙައްދުތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. އެގޮތުން ވަޔާ އެއްލާލާފާނެގޮތަށް ހުންނަ ތަކެތި އައްސާ ހައްޔަރުކުރުމާއި އަދި ދަތުރަށް ކަނޑުމައްޗަށް އަރާއިރު މޫސުމާ ބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދައިގެން ދަތުރަށް އެރުމަށް މުހިންމު ސަމާލުކަމެއްދޭންޖެހެއެވެ. އަދި މުވާސަލާތީ ވަސީލަތްތަކާއި ސަލާމަތާ ތައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްގެން ކަނޑުމައްޗަށްއެރުމަކީ މުހިންމު ޒިންމާއެކެވެ.
ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށްވެސް އާދައިގެ ގޮތެއްގައި މޫސުން ރަނގަޅެވެ. ނަމަވެސް އުތުރާ ދެކުނުގެ ބައެއް ރަށްތަކަށް ކޮންމެވެސްވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަވާކުރެވޭކަމަށް މެޓުން ވިދާޅުވެއެވެ. އަދި ވައި ޖެހެމުންދާނީ 3 މޭލާ 13 މޭލާ ދެމެދުގައެވެ. ދެކުނުގެ ކަނޑުތައްވެސް މަޑުވާނެއެވެ.