ކުޅިވަރު

އަހަރެން ފަދައިން އެހެން މީހުން މަސައްކަތް ކުރަންވާނެ: މޮރީނިއޯ


އޭނާ ފަދައިން އެހެން މީހުން ވެސް ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރަންވާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕޯޗުގަލްގެ ކޯޗު މިހެން ބުނީ އެ ކުލަބުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް އޭނާ ތައާރަފް ކުރި ރަސްމިއްޔާތުގަ އެވެ. މޮރީނިއޯ ވަނީ 2010 ވަނަ އަހަރުން ފެށިގން 2013 އަށް ރެއާލް މެޑްރިޑުގެ ކޯޗު ކޮށްދީފަ އެވެ. މިފަހަރަކީ އޭނާ ރެއާލްގެ ކޯޗަކަށް ގެނައި ދެ ވަނަ ފަހަރެވެ.

"ތިޔަ އެންމެން ފަދައިން އަހަރެންނަކީ އަހަރުވެސް ރެއާލް މެޑްރިޑްގެ މީހެއް. އަހަރެން އެންމެ ފުރަތަމަ 2010ގައި މި ކުލަބަށް އައީއްސުރެ ހުންނަނީ އެގޮތަށް. އަހަރެން މި ކުލަބުގައި މަސައްކަތް ކުރަނީ މިއީ ޝަރަފެއް ކަމަށް ދެކި އަދި ޒިންމާތަކަކާއެކު. އަހަރެން ފަދައިން އެހެން މީހުން ވެސް މަސައްކަތް ކުރަންވާނެ. އަހަރެން އެދެނީ ކޮންމެ މީހަކު ވެސް ޓްރޭނިންތަކަށް އެ އިހުސާސާއެކު އަންނަން،" މޮރީނިއޯ އެވެ.

ޗެލްސީ އާއި އިންޓަމިލާނާއި ޕޯޓޯ އާއި މެންޗެސްޓާ ޔުނައިޓެޑްގައި ވެސް ކާމިޔާބު ހޯދި ކޯޗު ބުނީ ރެއާލް މެޑްރިޑުގައި އޭނާ މި ފަހަރު ފެށީ މުޅިން އައި ރީތި ސޮފުހާއެއް ކަމަށެވެ.

"އަހަރުމެން މި ފެށީ މުހިންމު މަސައްކަތެއް. މިއީ މުހިންމު މިޝަންއެއްކަން އަހަރެންނަށް އިހުސާސް ކުރެވޭ. އަހަރެން މިކުލަބަށް މިއީ އެންމެނަށް ވެސް އެހީތެރިވެދީ ކުރިއަށްވުރެ ކޮންމެ މީހަކު ވެސް ކުރިއަރުވައިދޭން،" މޮރީނިއޯ ބުންޏެވެ.

ސްޕެނިޝް ލީގުގެ އައު ސީޒަނަށް ރެއާލްގެ ކޯޗުކަން މޮރީނިއޯ އަށް ދިނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ކުލަބަށް ތަށްޓެއް ނުލިބި ދިއުމުންނެވެ. މޮރީނިއޯ ހުސްވި ސީޒަނުގައި ކޯޗު ކޮށްދިނީ އޭނާގެ ގައުމު ޕޯޗުގަލްގެ ބެންފީކާ އަށެވެ.