ޚަބަރު

މއ.ދޫގަސްގޭގައި ގޭސް ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 2 މީހެއްގެ ހާލު ސީރިއަސް


  • އަނިޔާވި 4 ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން

  • އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ 2 މީހުން

މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:27 ހާއިރުކަމަށެވެ.

މި ހާދިސާގައި އަނިޔާވި 4 ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުންނެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.