ޚަބަރު

އެންމެ ފަހުން ލިއާމް ޑެލަޕް ފޮރެސްޓަށް


ޗެލްސީގެ ފޯވަޑް ލިއާމް ޑެލަޕް ނޮޓިންހަމް ފޮރެސްޓަށް ވިއްކާލައިފިއެވެ.

އުމުރުން 23 އަހަރުގެ ލިއާމް ޑެލަޕް ފޮރެސްޓަށް ވިއްކާލާފައިވަނީ 50 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މިއީ ނޮޓިންހަމް ފޮރެސްޓްއިން ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް ހޭދަކުރާ އެންމެ ބޮޑު އަދަދެވެ.

އިޕްސްވިޗް ޓައުން އިން 30 މިލިއަން ޕައުންޑްގެ ފީއަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން ޗެލްސީ އާއި ގުޅުނު ލިއާމް ޑެލަޕް އަށް ވަނީ އެ ކްލަބުގައި އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. އަދި ޗެލްސީގެ ފުރަތަމަ ޓީމުން އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު ފަހަރެއްގެ މަތިންނެވެ.

ނިމިގެންދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ ލިއާމް އަށް ޕްރިމިއާ ލީގުގައި ނިމިގެންދިޔަ ސީޒަނުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ފޮރެސްޓް އިން ވަނީ ދާދި ފަހުން ޑިފެންޑަރ އޮސްމާން ޑިއޮމެންޑްގެ އިތުރުން ގޯލުކީޕަރު ސްޓޭވް ބެންޑާ އާއި ޒެވާ ޝްލެގަރގެ ސޮއި ހޯދާފައެވެ.

ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އެލިއަޓް އެންޑަރސަން އެ ފޮރެސްޓް އިން ވަނީ ކްލަބްގެ ރެކޯޑް ފީއެއް ކަމުގައިވާ 116 މިލިއަން ޕައުންޑްގެ ފީއަކަށް މެންޗެސްޓަރ ސިޓީ އަށް ވިއްކާލާފައެވެ. މީގެ އިތުރުން ފޯވަޑް ޓައިވޯ އަވޮނީޔީވެސް 9 މިލިއަން ޕައުންޑަށް ވަނީ ކޮވެންޓްރީ އަށް ވިއްކާލާފައެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ފޮރެސްޓް ވަނީ އަމިއްލަ ދަނޑުގައި ލީޑްސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.