ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުން އެއާޢިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވ.ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެއަތޮޅުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖްގައި ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.
ޢަބްދުއްލަޠީފް ޙަސަން އަކީ ފެލިދެ އަތޮޅު އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޢަބްދުއްލަޠީފް ޙަސަން އަވަހާރަވެފައިވަނީ އުމުރުން 93 އަހަރުގައެވެ.