ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދާފައިވާ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއިއެކު އޭނާ އެ ކްލަބުގައި 2030 ގެ ނިޔަލަށް މަޑުކުރާނެއެވެ.
ޖެހިޖެހިގެން ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕީއެސްޖީގެ އެކްސް އެކައުންޓުގައި ބުނެފައިވަނީ އެންރީކޭގެ އިތުރުން ބައެއް ކުޅުންތެރިންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ޕީއެސްޖީ އިން ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ލޫކަސް ބެރަލްޑޯ, ސެނީ މަޔޫލޫ, ޖޮއާއޯ ނެވެސް, ވިލިއަން ޕަޗޯގެ އިތުރުން ފަބިއަން ރުއިޒް ހިމެނެއެވެ.
ސްޕެއިން އަށް އުފަން އުމުރުން 56 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
އެންރީކޭގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ވަނީ ތިން ފަހަރު ހޯދާފައެވެ.
ޕީއެސްޖީ އާއިއެކު އެންރީކޭ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.