ޚަބަރު

އިސްރަށްވެހިންނަށް ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވައިފި


ދޮށީ އުމުރުގެ އިސް ރަށްވެހިންނަށް އަމާޒުކޮށްގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯރޕަރޭޝަނުން ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.

ދޮށީއުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލޭ ސެންޓަރަލް ޕާކުގައި ބޭއްވި މި ހަވީރުގައި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބަރުދަންބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުންފަދަ ކަންކަން ކުރިއަށް ގެންދިޔައެވެ. މިގެ އިތުން މި ހަވީރުގައި ކަސްރަތު ކުރުމާއި ހަދިޔާ ދިނުން ފަދަ ކަންތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީން ވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކް ތަރައްޤީކުރާ ގޮތުގެ މައުލޫމާތު މި ހަވީރުގެ ބައިވެރިންނާއި ހިއްޞާކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް "އެމްއެންޑީއެފް"ގެ މިއުޒިކަލް ޑްރިލްވެސް މި ހަވީރުގައި ކުރިއަށް ގެންދެވިއެވެ. ދޮށީއުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ދޮށީ އުމުރުގެ މީހުންގެ މެދުގައި މަޤްބޫލް އޮލިމްޕިއަންސް ބޭންޑްގެ ލައިވް މިއުޒިކާއެކުއެވެ.