އިޓާލިއަން ސެރީ އޭގައި ރޯމާ އާއި އިންޓަރ މިލާން ވެސް މޮޅުވެ, މޮޅުވުމުގެ ސިލްސިލާއާއެކު އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ. ދެޓީމުވެސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓު ހޯދާފައެވެ. ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ރޯމާ އަށެވެ.
ރޯމާ މެޗު ކާމިޔާބުކުރީ ޓޮރިނޯއާ ވާދަކޮށް 2-0 ނެވެ. ރޯމާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޖެހީ ޑޮންޔެލް މަލެންއެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ނިކޯލޯ ޕިސިލީއެވެ.
އިންޓަރ މިލާނުން އުދިނޭޒީ ބަލިކުރީ ފަހަތުން އަރާ 5-3 ނެވެ. މެޗުގެ ފުރަތަމަ 16 މިނިޓްގެ ތެރޭގައި އުދިނޭޒީން ދެ ލަނޑު ޖަހާ ލީޑު ނެގިއެވެ. އެއީ ޖޭމްސް އަބަންކުވާ ޖާގެން އެކެލެންކަމްޕްގެ ލަނޑުންނެވެ. އިންޓަރ މިލާނުން ނަތީޖާ ހަމަހަމަކުރީ ކާލޯސް އޯގޯސްޓޯ އާއި ނިކޯލޯ ބަރެއްލާގެ ލަނޑުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު ތިންވަނަ ލަނޑެއް ޖަހާ ލީޑް ނަގައިދިނީ މާކަސް ތުރާމްއެވެ. ފްރާންސެސްކޯ އެސްޕޯސިޓޯގެ ލަނޑުން ލީޑް ފުޅާކޮށް, ބޮނީގެ ލަނޑާއެކު އިންޓަރ މިލާން ހަމަޖެހިލިއެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން އިތުރު ވަގުތުގައި އިދުރީސާ ގަޔޭ އިދުނޭޒީ އަށް ތިންވަނަ ލަނޑެއް ޖަހައިދިނެވެ.
ސެރީއޭ ތާވަލުގެ ތިންވަނައިގައި އޮތީ 2-1 ން ޕާމާ ބަލިކުރި ކޯމޯ އެވެ. އެއީ 10 ޕޮއިންޓާއެކުއެވެ.