ޚަބަރު

އަނިޔާގެ ސަބަބުން ޕެޑްރޯ ބްރެޒިލް ސްކޮޑުން އުނިކޮށްފި


  • ފުރުޞަތު ދިނީ މެތިއުސް މާޓިނެލީ އަށް

އޮސްޓްރޭލިޔާގެ އިތުރުން އިންޑިޔާއާ ދެކޮޅަށް ކުޅެން އެކުލަވާލި ބްރެޒިލް ސްކޮޑުން ޖޮއާއޯ ޕެޑްރޯ އުނިކޮށްފިއެވެ. ޕެޑްރޯ ސްކޮޑުން އުނިކުރީ އަނިޔާގެ ސަބަބުން ކަމަށް ބްރެޒިލް ގައުމީ ޓީމުން ބުންޏެވެ. އެކަމަކު ތަފްސީލެއް ނުދެއެވެ.

ކާލޯ އެންޗެލޮޓީގެ ވޯލްޑްކަޕް ސްކޮޑުން ޕެޑްރޯ އަށް ޖާގަ ނުދިނުމުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް, ކުރިއަށް ހުރި މެޗުތަކަށް އެކުލަވާލި ސްކޮޑުން ޕެޑްރޯއަށް ޖާގަދިނެވެ. އެކަމަކު ފީފާ ބްރޭކްގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި, އިންޑިޔާގައި އެގައުމާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ޖާގަ ދިނުމަށްފަހު މިހާރު ވަނީ ބާކީކޮށްފައެވެ.

ޗެލްސީގެ ފޯވާޑް އަނިޔާގެ ސަބަބުން ސްކޮޑުން އުނިކުރިއިރު ޗެލްސީ އެންމެ ފަހުން ޕްރިމިއަރ ލީގުގައި ހަލްސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފުލްކޮށް ޕެޑްރޯ ކުޅުނެވެ. އަދި 2-2 ން އެއްވަރުވި މެޗުގައި އެއް ގޯލް ޖަހާ, އަނެއް ގޯލު ޖަހަން އެހީވީވެސް ޕެޑްރޯއެވެ.

24 އަހަރުގެ ޕެޑްރޯގެ ބަދަލުގައި ޓީމުން ޖާގަ ދިނީ ބްރެޒިލްގެ ފުލްމިނެންސޭ އަށް ކުޅޭ މެތިއުސް މާޓިނެލީ އަށެވެ. ފީފާ ބްރޭކްގައި ބްރެޒިލް ފުރަތަމަ ދަތުރުކުރާނީ އޮސްޓްރޭލިޔާ އަށެވެ. އެގައުމާ ދެކޮޅަށް ދެ މެޗު ކުޅޭނީ މިމަހުގެ 25 އަދި 29 ވަނަ ދުވަހުއެވެ. އޭގެފަހުން ދާނީ އިންޑިޔާގެ ކޮލްކަތާއަށެވެ. އިންޑިޔާއާ ދެކޮޅަށް ކުޅޭނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.