ޚަބަރު

ސައުދީ އެއާޕޯޓުތަކަށް ދިން ހަމަލާގެ އަސަރު ދިވެއްސަކަށް ނުކުރޭ


  • ދިވެހި ޚާރިޖީޔާއިން ދަނީ ހަމަލާތައް ދިނުމާއި ގުޅިގެން އެކަން ގާތުން ބަލަމުން

  • ހޮޓްލައިން ނަންބަރު 7983400 ގުޅުއްވުމަށް ޚާރިޖީއްޔާއިން އިލްތިމާސްކުރޭ

ސަޢުދި އަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ ވައިގެ ބަނދަރަކާށް ދީފައިވާ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަސަރުކޮށްފައިވާ ނުވާކަމަށް ޚަރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހި ޚަރިޖީއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ސަޢޫދި އަރަބަިއްޔާގެ ބައިނަލްއަޤްވާމީ ދެ ވައިގެ ބަނދަރަކަށް ދީފައިވާ ހަމަލާތަކާއި ގުޅިގެން އެކަން ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކުކޮށްފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ނުލިބޭ ކަމަށް ޚާރިޖީ ވުޒާރައިން ވިދާޅުވިއެވެ. ޚާރިޖީ ވުޒާރާއިން ވަނީ އެ ޤައުމުގައި އުޅޭ ދިވެހިން

މިކަމާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހޮޓްލައިން ނަންބަރަށް ގުޅުއްވަން އިލްތިމާސްކޮށްފައެވެ. އެ ވުޒާރާގެ ހޮޓްލައިން ނަންބަރަކީ 7983400 އެވެ.

ދިވެހި ސަރުކާރުން ވަނީ ރިޔާޟްގެ ވައިގެ ބަންދަރަށް ދީފައިވާ ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެ، ބަޔަކު މަރުވެފައިވާތީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ސަޢޫދީގެ ސިޔާދަތާއި، ޤައުމުގެ ސަލާމަތާއި، އެ ޤައުމުގެ ރައްޔިތުންނާއި އެތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ޚަރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވިއެވެ.