ޓުއަރިޒަމް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާ ރޭ ބާއްވައިފި


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ލަގްޒަރީ ރިޒޯޓްގެ އެވޯޑް ކޮންރެޑް މޯލްޑިވްސް ރަންގައްޔަށް ލިބިއްޖެއެވެ. img:http://s3.psmnews.mv/images/660x400/14797077153468.jpg|މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރޭ އޮޅުވެލި ބީޗް ރިސޯޓްގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގައި ޖުމްލަ 36 އެވޯޑް ދީފައިވެއެވެ. މިއަހަރު ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިފައިވަނީ ސަން ގްރޫޕްގެ ޗެއަރމަން އަޙްމަދު ސިޔާމަށެވެ. މި އެވޯޑް އޭނާއާއި ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. img:http://s2.psmnews.mv/images/660x400/14797075191772.jpg|މިއަހަރު ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިވަޑައިގަތް ސަން ގްރޫޕްގެ ޗެއަރމަން އަޙްމަދު ސިޔާމް - ފޮޓޯ: ޕީއެސްއެމް

މި އަހަރުގެ އެވޯޑް ހަފްލާގައި އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ބަނޑޮސް މޯލްޑިވްސްއަށެވެ. ލީޑިންގ ގެސްޓް ހައުސް އައިލެންޑް އެވޯޑް ލިބުނީ މާފުށި ކައުންސިލަށެވެ. ލީޑިންގ ގެސްޓް ހައުސް އެވޯޑް ލިބުނީ ރެވަރީސް ޑައިވިންގ ވިލެޖަށެވެ. މޯސްޓް ރޮމޭންޓިކް އައިލެންޑް އެވޯޑް ލިބުނީ އަދާރަން ޕްރެސްޓީޖް ވާދުއަށެވެ. މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ފަތުރުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ދޭ އަހަރީ އެވޯޑެކެވެ. img:http://s3.psmnews.mv/images/660x400/14797076040654.jpg|މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް