ޓުއަރިޒަމް

ކޫއްޑޫގައި ތަރައްޤީކޮށްފައިވާ ރިސޯޓް ފެބްރުއަރީމަހު ހުޅުވަނީ


ގއ. އަތޮޅުގެ އެއަރޕޯޓު އޮންނަ ރަށް ކަމުގައިވާ ކޫއްޑޫގައި ތަރައްޤީކޮށްފައިވާ 68 ކޮޓަރީގެ ރިސޯޓު އަންނަ ފެބްރުއަރީ މަހުގެތެރޭގައި ހުޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓު ތަރައްޤީކުރާ ފަރާތުން ހާމަކޮށްފިއެވެ.

ފަރާންސޭސިވިލާތުގެ އެކޯރ ހޮޓެލްސްގެ ފަރާތުން ބެލަހެއްޓުމަށް ހަމަޖެހިފައިވާ މި ރިސޯޓު ވެގެންދާނީ ގއ. އަތޮޅުގައި ހުޅުވާ ފަސްވަނަ ރިސޯޓަށެވެ. 

img:http://s4.psmnews.mv/images/660x400/14805832182512.jpg|ކުއްޑޫގައި ތަރައްޤީކުރާ ރިސޯޓް

މި ރިސޯޓުގައި ޑައިވް ސެންޓަރަކާއި، ވޯޓަރ ސްޕޯޓްސްގެ ޚިދުމަތާއި ސްޕާރ އަދި ޖިމެއްވެސް ހިމެނެއެވެ. 68 ކޮޓަރީގެ ތެރެއިން 43 ކޮޓަރިއަކީ މޫދު ކޮޓަރި، އަދި 25 ކޮޓަރިއަކީ ބީޗު ކޮޓަރި ކަމަށްވެސް އެކޯރ ހޮޓެލްސުން ބުނެއެވެ.

މި ރިސޯޓަކީ ރާއްޖޭގައި ސަރަޙައްދީ އެއަރޕޯޓެއް ހިންގާ ރަށެއްގައި ހުޅުވޭ ފުރަތަމަ ރިސޯޓުކަންވެސް ފާހަގަކޮށްލެވެއެވެ.